އުރުދުންގެ ޝާޚީ ޢާއިލާގެ ތެރޭގައި އުފެދިގެން އުޅޭ ކޯޅުންގަނޑާއި ގުޅޭގޮތުން މައުލޫމާތާއި ޚަބަރު ލިޔުން މަނާކޮށްފިއެވެ.

އުރުދުންގެ ޕްރޮސެކިއުޓަރު ޖެނެރަލް އާންމުކޮށްފައިވާ މި އެންގުމުގައި ބުނެފައިވަނީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބިން އަލްޙުސައިންގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ވަލީއަހުދު އަމީރު ޙަމްޒާ ބިން ޙުސައިންގެ މައްސަލައިގައި ކުރިޔަށްގެންދާ ތަހުޤީޤުގެ ކަންކަން ސިއްރުކުރުމުގެ ބޭނުމުގައި އެ މައްސަލައާގުޅޭ އެއްވެސް މަޢުލޫމާތެއް ޝާއިއުކުރުން މަނާކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ޚަބަރު ފަތުރާ ވަޞީލަތްތަކާއި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތައް ހިމެނޭކަމަށް އުރުދުންގެ ޕްރޮސެކިއުޓަރު ޖެނެރަލް ނެރުނު ބަޔާނުގައި ބުނެއެވެ. އަދި އެ އެންގުމާއި ޚިލާފުވާ ފަރާތްތަކާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އުރުދުންގެ ޕްރޮސެކިއުޓަރ ޖެނަރަލް ވިދާޅުވިއެވެ.

އުރުދުންގެ ޝާހީ އާއިލާގެ ތެރޭގައި ބޮޑު މައްސަލަގަނޑެއް އުފެދިގެން އުޅެނީ ޝާހީ އާއިލާ ތެރޭގައި ބަޣާވާތެއް ގެންނަން އުޅުނުކަމުގެ ތުހުމަތު ޙަމްޒާ ބިން ޙުސައިންގެ މައްޗަށް ކުރެވުމުންނެވެ. އުރުދުންގެ ސަލާމަތީ ބާރުތަކުން ދަނީ އެކަމުގައި ހަމްޒާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބުނެ އެމައްސަލަ ތަހުޤީޤްކުރަމުންނެވެ. އަދި އޭނާ މިވަގުުތު ގޭ ބަންދުކޮށްފައިވާއިރު، އެކަމުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ އުރުދުންގެ އިސް ފަރާތްތަކެއްގެ މައްސަލަވެސް ދަނީ ތަހުޤީޤްކުރަމުންނެވެ.

އަމީރު ޙަމްޒާ ބިން ޙުސައިންއަކީ، ރަސްގެފާނު ހުސައިނަށްފަހު ވެރިކަމަށް ވަޑައިގަންނަވާކަމަށް ގިނަ ބަޔަކު ދުށް ފަރާތެކެވެ. ނަމަވެސް 2004 ވަނަ ވަލީ އަހުދުގެ މަޤާމުން އޭނާ ވަކިކޮށް، މިހާރުގެ ރަސްގެފާނު އަބްދުﷲއަށް ވަނީ ވަލީއަހުދުކަން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން