މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދު ކުރުން ނިމުމަކަށް ގެނައުމަށް ނިއްމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

"މިއަދު މަޣުގްރިބް ނަމާދުން ފެށިގެން ވަނީ ނިމުމަކަށް ގެނެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.



މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދާއިރު ގައިދުރުކަމާއެކު ޖަމާއަތް ހަދަން ފަށާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް ނިއްމީ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، އެ ނިންމުން ނިންމީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށެވެ. އެ ނިންމުމާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވަނީ އެެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.

ގައިދުރުކޮށްގެން ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނަމަވެސް އެ ނިންމުމަށް ދެކޮޅަށް ބައެއް ދީނީ ޢިލްމްވެރިން ވަކާލާތުކޮށް ނެރެމުން ދިޔަ ފަތުވާ ތަކުގެ ސަބަބުން މާލޭގެ ގިނަ މިސްކިތްތަކުގެ އިމާމުން އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ތަބާވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން