ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އިންތިޚާބު ކޮށްދޭންވީ ރައްޔިތުންގެ އަޑު ރައީސުލްޖުމުހޫރިއްޔާއަށް އިއްވައިދޭނެ ކައުންސިލަރުން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ އަބުދުﷲ ނަސީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ 68 ޕަސެންޓް މެޖޯރިޓީ މިހާރު އޮތީ އެމްޑީޕީގައި ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އަޑު ރައީސުލްޖުމްހޫރިއްޔާއަށް އިއްވަދޭ މެމްބަރުންގެ އަދަދު ނިސްބަތުން ވަރަށް މަދު ކަމަށް ޝިޔާމް ވިދާޅުވިއެވެ.



އެހެން ކަމުން ރައްޔިތުންގެ އަޑު ރައީސަށް އިއްވަދޭނެ މެމްބަރުން ރައްޔިތުން އިންތިޚާބު ކުރަންޖެހޭ ކަމަށާއި، އެ އަޑު ރައީސަށް އިއްވަދޭނީ ޕީޕީއެމް ކައުންސިލަރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފުރިހަމަ ނުވެގެން އެއްޗެއް ވިދާޅުވާ ބޭފުޅަކު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނަނީ މަދުން. މިކައުންސިލް އިންތިޚާބާއި ޖެހެންދެންވެސް އަޅުގަނޑުމެންނަށް އެމަންޒަރެއް ނުފެނޭ، އެހެންވީމަ އަޅުގަނޑުމެން މިޖެހެނީ ރައީސާއި މިދަންނަވާ ކަންތައްތައް ތަންފީޒުކުރާ ބޭފުޅުންނަށް އިވޭވަރަށް އެ އަޑު އުފުލާނެ ފަރާތްތަކެއް އެ ކައުންސިލަށް ގެންނަން." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގަންނަވަނީ އުއްމީދުތަކާއި ވައުދުތަކެއް ރައްޔިތުންނަަށް ވިއްކައިގެން ކަމަށެވެ. މިސަރުކާރު ވެރިކަމަށް އައީ މާލެއަށް ދިމާވެފައިވާ ގޮންޖެހުންތަށް ހައްލު ކޮށްދޭނެ ކަމުގެ ވައުދާއެކު ކަމަށާއި، އެކަންކަން ހާސިލް ކުރެވުނީ ކިހާވަރަކަށްތޯ މިނެ ކިރާލަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



"އަޅުގަނޑުމެންނަށް ކަންކަން މަތިން މަގުތަށް މަތިން އިވޭ އަޑުތައް އިވޭ ރާގުތައް ވަރަށް ތަފާތު، މާލެ އަކީ އެމްޑީޕީއަށް ތާއިދުކުރާ ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ތަނެއް. ގިނަ ރައްޔިތުން އުޅޭ މަގުތަކެއް ކަންމަތިތަކެއް. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އޭރު އިވުނު ވާހަކަ އެއް މިއަދު އިވެނީ އެބޭފުޅުންގެ ވާހަކަ އަކީ އުއްމީދުތަކުގައި ކުލަނުޖެހޭ ވާހަަކަ، އެ އުއްމީދުތަކުގައި ކުލަޖެއްސުމަށް މި ސިކުންތުން ފެށިގެން ކުރާނީ ކޮން ކަމެއްތޯ މިއީ އުފެދޭ ސުވާލަކީ. ކުރަންޖެހޭނެ މަސައްކަތްތަކީ ވެސް އެއީ." ޝިޔާމް ވިދާޅުވިއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިއިންތިޚާބުގައި އެންމެ ވާދަވެރި ދެޕާޓީއަކީ ޕީޕީއެމާއި މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން