މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު
މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު
އެމްޑީޕީގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް މިނިވަން މުވައްސަސާތަކާއި ބޭނުންހާގޮތަކަށް ނުކުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެޕާޓީގެ ކުރީގެ ޗެއާޕާސާން މޫސާ މަނިކު ވިދާޅުވީ، ގާނޫނު އަސާސީން އުފައްދާފައިވާ މިނިވަން މުސްތަގިއްލު މުވައްސަސާތަކާއި ބޭނުންހާ ގޮތަކަށް އެމްޑީޕީއަށް ނުކުޅެވޭނެ ކަމަށެވެ. އޭސީސީން ބަލާ މައްސަލަތަކާއި މެދު ހިތްހަަމަނުޖެހޭ ކޮންމެ ފަހަރަކު އެކޮމިޝަންގެ ބޭފުޅުން މަގާމުން ވަކިނުކުރެވޭނެ ކަމަށާއި، އެކަން އެގޮތަށް ކުރާނަމަ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލު ކަން ގެއްލިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މިނިވަން މުސްތަގިއްލު މުވައްސަސާތަށް ވަކި ބާރުތަކެއް ދެނީ ގާނޫނު އަސާސީން ކަމަށާއި، އެބާރުގެ ދަށުން އެމުވައްސަސާތަކުން ނިންމާ ނިއްމުންތަކާއި އެއްވެސް ބަޔަކަށް ނުބެހެވޭނެ ކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ވިދާޅުވިއެވެ.



"މެޖޯރިޓީ އޮތަސް އެކަމެއް އެމްޑީޕީއަކަށްވެސް އެކަމެއް ނުކުރެވޭނެ، ކޮށްގެން ނުވެސް ވާނެ، އެމުވައްސަސާތަކަށް އޮންނާނެ ވަކި ގާނޫނެއް ހަދާފައި އެހެން ނޫނީ ޑިމޮކްރަސީގެ ތިން ބާރު ހަތަރު ބާރު ވަކިވެފައި ކޮބައިތޯ، ފަނޑިޔާރުގެއިން އަޅުގަނޑުމެން ހިތް ހަމަނުޖެހޭ ހުކުމެއް ނުކުރީމަ ޖޭއެސްސީ އެ ފަނޑިޔާރު ނަގާ އެހެން ތަނަކަށް ލާފައި ބޭނުންވާ ހުކުމެއް ކުރަން، އެހެންވީމަ އިންސާފެއް ނެތެއްނު، އެ މަންޒަރު މި ފެންނަނީ." މޫސަ ވިދާޅުވިއެވެ.



ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާއި ނުކުރުމާއި މެދު ގޮތް ނިއްމާނީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށާއި، ޕީޖީ ނިއްމާ ނިއްމުންތަކާއި ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އޭނާ މަގާމުން ވަކިކޮށް ދައުވާކޮށް ހަދާނަމަ ކޯޓުން ކުރާ ހުކުމަކާއި ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރުމާއި އޮތީ ކޮން ތަފާތެއްތޯ ވިދާޅުވެ ރީކޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.



މޫސަ އެ އެ އިޝާރަތް ކުރެއްވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ކުރި ހުކުމާއި ގުޅިގެން އޭރުގެ ސަރުކާރުގެ އަމުރަށް ސިފައިން ފޮނުވައިގެން ސްްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އޭރުގެ އުއްތަމަ ފަނޑިޔާރާއެކު އިތުރު ފަނޑިޔާރަކު ހައްޔަރުކުރި ކަމަށް ބުނާ ހާދިސާއަށް އިޝާރާތް ކުރަށްވައެވެ، އަށެވެ. އެހުކުމާއި ގުޅިގެން ކުއްލި ހާލަތު އިއުލާންކޮށް އެބޭފުޅުންގެ މައްޗަށް ޝަރީއަތްކޮށް ވަނީ ޖަލު ހުކުމް އިއްވާފައެވެ.

އެމްޑީޕީގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް މިނިވަން މުވައްސަސާތަކާއި ބޭނުންހާގޮތަކަށް ނުކުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެފައިވާއިރު ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީ ކުރި ތަހުގީގަށްފަހު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ދައުވާ ނުކުރަން ނިއްމުމުން އޭސީސީގެ ރައީސާއި ޕީޖީ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން