އަައްޑޫ ސަރަޙައްދީ ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ސ. ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސިއީއޯ ޝާހިދު އަލީއެވެ. މިރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު އަސްލަމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުالله ޞާދިޤު ބައިވެރިވެވަޑައިގެންނެވިއެވެ.



އައްޑޫ ސަރަޙައްދީ ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 500,972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.05 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2,360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25,900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.



މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 525 ދުވަސްތެރޭގައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން