ސަރަނގު އާދަމް މަނިކު
ސަރަނގު އާދަމް މަނިކު
އިދިކޮޅު ޕީޕިއެމްގެ ވިސްނުންހުރީ ހުރިހާ ކަމެއް ފައިސާއިން ހައްލު ކުރުމަށް ކަމަށާއި ފައިސާއަކީ ހުރިހާ ކަމެއްގެ ހައްލު ނޫން ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، ފައިސާއިން ހުރިހާ ކަމެއް ހައްލު ނުކުރެވޭނެ ކަމަށާއި، ކަންކަން ހައްލު ކުރެވޭނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ޕީޕީއެމްގެ ވިސްނުން ހުންނަނީ ފައިސާ އިން ހުރިހާ ކަމެއް ވެސް ހައްލު ކުރުމަށް ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ތޮށްޖެހުމާއި ޕާކިން މައްސަލަ ފަދަ ކަންކަން ހައްލުކުރުމުގެ ވިސްނުމެއް ޕީޕީއެމްގައި ނެތް ކަމަށާއި، އެޕާޓީން ވެރިކަމަށް އައިސް ކައުންސިލްގެ ބާރު ކަނޑުވާލައި ހުރިހާ ކަމެއް ދޫކޮށްލި ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

"އިމާރަތް ކުރުން ވެސް ގާތްރަށްޓެެއްސަކު ވެއްޖެއްޔާ 15 ބުރިއަށް އިމާރަތް ކުރަނީ އަނެއް ރައްޓެއްސަކު ބޭނުންވެއްޖެއްޔާ ވިހި ބުރިއަށް އެހާ ހިސާބުން މާލެ ތޮއްޖެހޭ ވަރެއް ނުބެލޭ މަގުގެ ފުޅާމިނަކަށް ނުބެލޭ، މިހުންނަނީ ބޮޑެތި މައްސަލަތައް، އެ މައްސަލަތަށް ދިރާސާ ކޮށް ވިސްނައި ހެދުމުގެ ގާބިލްކަން އަޅުގަނޑަށް ހީވަނީ ޕީޕީއެމްގައި ނޯންނަނީ އެމީހުންގެ ވިސްނުމަކީ ހުރިހާ ކަމެއް ފައިސާ އިން ހައްލު ކުރެވޭނެއޭ." މޭޔަރު ކަމުގައި މަގުމަތީގައި ކައުންސިލް ބައްދަލުވުން ބާއްވަވައި ކުރީގެ ރައީސް މައުމޫންގެ ގެ ދައުލަތަށް ނަގަން ފާސްކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އާދަމް މަނިކު ވިދާޅުވިއެވެ.



އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭންޖެހޭ ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ކައުންސިލްތައް ދީފިނަމަ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރަސް އެޅިގެންދާނެ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

"ޕީޕީއެމަށް ކައުންސިލްތައް ދީފިނަމަ ވެރިކަމާއި އަރާރުން ވާންޖެހޭނީ، މިކަންތަށް ނިމޭއިރު ކައުންސިލްގެ ދައުރު އޮންނާނީ ހަމަވެފައި، ވައުދެއް ނުއެއް ފުއްްދޭނެ، ސަރުކާރާއި މިނިސްޓްރީތަކުގައި ވެސް ގާބިލް ސިވިލް ސާވިސް އެެއް އޮންނާނީ، ކޮންމެ އެއްޗަކަށްވެސް އާއެކޭ ނުބުނާނެ." އާދަމް މަނިކު ވިދާޅުވިއެވެ.

ސަރަނގު އާދަމް މަނިކު މާލޭ މޭޔަރުކަމަށް ވަޑައިގަތީ ފެބުރުއަރީ 26، 2011ގަ އެވެ. ނަމަވެސް ހަމަ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މީގެކުރިން މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ވެސް މާލޭގެ ގޮނޑިއަކަށް ވާދަކުރައްވައިގެން ފެއިލްވެ ވަޑައިގެންނެވި އާދަމް މަނިކަކީ އެމްޑީޕީގައި ވަރަށް އިސްދައުރެއް އަދާ ކުރެއްވުމަށްފަހު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް ދުވަސްކޮޅަކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން