ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި 3 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް އޮފީހުން ހުޅުވާލާފައި ވަނީ ކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަޤާމުގެ ދައުރު އަންނަމަހުގެ 4 ވަނަ ދުވަހަށް ހަމަވާތީއެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 3 ނަމަކީ، ފާތިމަތު ސައުޝަންއާއި، ޝިފްލާ އިބްރާހިމްގެ އިތުރުން ޑރ. މުހައްމަދު އިބްރާހިމްގެ ނަމެވެ.

7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ނައިބު ރައީސް އަޙްމަދު ގައިސްއާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތާއި، މެންބަރު އަމްޖަދު ވަހީދާއި، މެންބަރު ޢަލީ ޔޫސުފާއި މެންބަރު އާމިނަތު އަމީނާ އަދި އެންމެ ފަހުން އައްޔަންކުރި ފަޒީންއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން