ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް
ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް
މި ސަރުކާރަކީ ވަގު ސަރުކާރެކޭ ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ "ހަޖަމް" ނުވާތީ ކަމަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ނާޝިޒު މިގޮތަށް ވިދާޅުވި ނަމަވެސް މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއް ކަމަށް މިފަހުން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދު މިވާހަކަ ދެއްކެވީ ކޮވިޑާއި ގުޅިގެން ސަރުކާރުން ގަނެފައިވާ ވެންޓިލޭޓަރުތަކެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާތީ އޭސީސީން ހިންގި ތަހުގީގު މައްޗަށް ބިނާކޮށް އެމައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވުމުންނެވެ. ރައީސް ނަޝީދު ވަނީ މި ސަރުކާރުން އެފަދަ ވަންކަން ތަކުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރަށްވާފައެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަަވަމުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހަންމަދު ނާޝިޒް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ދިމާވެފައިވާ ދަތި އުދަނގޫ ހާލާތުގައި ތަރައްގީއަށް ގިނަ ޕްރޮޖެކްޓްތައް ހިންގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަށް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ތަފާތު އެއްޗެހި ކިޔާނެ ކަމަށާއި، އެއީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ހަޖަމް ނުވާތީ ދައްކާ ވާހަކަތަކެއް ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"ހަޖަމެއް ނުވާނެ، ރައްޔިތުންނަށް ކޮށްދޭ ކަންކަން ބަލައިގަނެ އޭގެ ލުއިފަސޭހަ ތަޖުރިބާ ކުރަމުންދާ ވަގުތެއްގައި އެހެން ކިޔޭނެ ނުކިޔަން އުޅުނަސް ކިޔޭނެ. އިދިކޮޅު ފަރާތްތަކުން އެކަހަލަ ވާހަކަ ދައްކާނެ. ވަގު ސަރުކާރޭ ވަގުންނޭ ކިޔާނެ، އެކަމު މިވާހަކަ އަޅުގަނޑުމެންނޭ ދެއްކީ." އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން ނާޝިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޝިޒް ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގް ކުރަން އޭސީސީއަށް މައްސަލަ ހުށައެޅީ ސަރުކާރުން ކަމަށެވެ. އޭސީސީ އަށް ވެސް ވެންޓިލޭޓަރުގެ މައްސަލައިގެ ވާހަކަ ދެކެވޭ ކަމަށާއި، އެމައްސަލަ ތަހުގީގް ކުރުމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓްތައް ފޯރުކޮށްދެމުންދާ ކަމަށް ނާޝިޒް ވިދާޅުވިއެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓަކަށް ބޭނުންވާ ޑޮކިއުމަންޓެއް ނުލިބިގެން ވަކި އޮޑިޓެއް ނުކުރެވިގެން އުޅޭ ވާހަކަ އަޑު ނާއްސަވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"މިހުރިހާ ކަންކަމެއް މިހެންވުމުގެ ނަތީޖާ އެއްގެ ގޮތުން ޓްރާންސްޕޭރެންސީ އާއި ތަންތަނުން ނެރޭ ރިޕޯޓްތަކުން ކޮރަޕްޝަން އިންޑެކްސް 55 ޕަސެންޓް މައްޗަށް ޖެހިލައިގެން މި އުޅެނީ." ނާޝިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޝިޒް ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތް ފަޅާއަރުވާލުމުން ގާނޫނަށް ގެނައި ބަދަލަކުން އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.



"ދެން އެކަމާގުޅިގެން އޭސީސީއަށް ކުރެވުނު ކަމެއްނެތް، އެކަމާ ގުޅޭ ވާހަކަ އެއް ދެއްކުނީ އެއް ނޫން، ހަމަ ދަމުން ދަމުން އެގޮތަށް ދިޔައީ އަދި އެ ނެރުނު ރިޕޯޓުން އެހެން މުވައްސަސާ އަކަށް ކުރެވުނު ކަމެއް ނެތް." ނާޝިޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން