އަހުމަދު މަސްނޫމް   31 މާރިޗު 2021 - 14:51
ދިވެހި ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަން ތައްޔާރުވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން ސަރުކާރުން ސުކޫކު ވިއްކަނީ 10.5 ޕަސެންޓު ރޭޓުގައި ފަސް އަހަރަށެވެ. މި ސުކޫކަށް ކްރެޑިޓް ރޭޓްކުރާ މޫޑީސްއިން ދީފައިވަނީ ބީ3ގެ ރޭންކިންއެކެވެ. ސުކޫކު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވާނީ ކްރެޑިޓް ސޫއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ، އައިސީޑީކަމަށް މައުލޫމާތު ލިބިފައިވެއެވެ. އައިސީޑީ އާއި ގުޅިގެން އެ ސުކޫކު އިޝޫކުރުމަށް ސަރުކާރުން ކަނޑައަޅާ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރަން ޖެހެއެވެ. އެ ސުކޫކު އިޝޫ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އޯނާޝިޕް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ވަނީ ނިންމައިފައެވެ.

ޚަބަރުތައް ބުނާގޮތުން އޭޕްރީލްމަހުގެ 8 ވަނަ ދުވަހު މި ސުކޫކުގެ ސެޓްލްމެންޓުު ފައިނަލް ކުރާނެ އެވެ.

މިއަހަރުގެ ބަޖެޓު 303.7 މިލިއަން ރުފިޔާއިން ޑެފިސިޓްވާނެތީ، ޑެފިސިޓް ފައިނޭންސްކުރަން ނިންމާފައި ވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުން ނަގާ ދަރަނިންނެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން ވެސް 1.4 ބިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން