ޕީއެންސީގެ ލީޑަރު އަބްދުރަހީމް އަބްދުﷲ
ޕީއެންސީގެ ލީޑަރު އަބްދުރަހީމް އަބްދުﷲ
ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި، ޕީއެންސީގެ ލީޑަރު އަބްދުރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 11:00އަށް ތަވާލުކޮށްފައިވަނީ، ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުން އަދުރޭގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިފަހުގެ ތާރީޚެއްގައި ސިޔާސީ ބޭފުޅެއްގެ މައްޗަށް އަދި އުފުލާފައި ނުވާ ޒާތުގެ ދަޢުވާ އެކެވެ.

މި ދަޢުވާއާއި މެދު އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ އިދިކޮޅުގެ އަޑު ކަނޑުވާލައި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމާއި މިހާރު ބޯމަތިވެފައިވާ ލޯކަލް ކައުންސިލް އިނތިޚާބަށް ނުފޫޒުފޯރުމަށް ސަރުކާރުން އިސްވެއޮވެ ހިންގާ އަމަލެއް ކަމަށެވެ.



ޕްރޮސެކިއުޓަރ ޖެނަރަލްގެ ފަރާތުން މިމައްސަލައިގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ފަރާތުންނެވެ.

މިމައްސަލައަކީ ކްރިމިނަލް ކޯޓު ކައިރިއަށް އިދިކޮޅު ސަޕޯޓަރުން އެއްވި ދުވަހެއްގައި ކޯޓު ސަރަޙައްދުގައި އަދުރޭ ބޭއަދަބީ ބަސްތައް ބޭނުން ކުރި ކަމަށް ތުހުމަތުކޮށް އުފުލާފައިވާ ދައުވާއެކެވެ. މި ދަޢުވާގެ އަޑުއެހުންތަކެއް މީގެ ކުރިން ވެސް ވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން