ރައީސް އިބްރާހިމް އިބްރާހީމް މުހައްމަދު ޞާލިޙު ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މީހަކާއި ސަލާމް ކުރައްވަނީ
ރައީސް އިބްރާހިމް އިބްރާހީމް މުހައްމަދު ޞާލިޙު ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މީހަކާއި ސަލާމް ކުރައްވަނީ
ށ. އަތޮޅުގައި ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް މި އަހަރު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިން ބައްދަލުވުމުގައި ށ އަތޮޅުގައި ހިންގާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ޞާލިޙު ވިދާޅުވީ ށ. އަތޮޅުގައި ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް މި އަހަރު ހައްލެއް ލިބިގެންދާނެ ކަމަށެވެ.



އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ށ. އަތޮޅަށް ކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މުޅިއެކު 304 މިލިއަން ރުފިޔާ އެ އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ޚަރަދު ކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ށ. އަތޮޅުގެ 512 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދާ ކަމަށާއި، 1502 މީހަކަށް 23.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.

އެސްއެމްއީ ލޯންގެ ގޮތުގައި 9.6 މިލިއަން ރުފިޔާ ށ އަތޮޅުގެ އެކި ރަށްރަށަށް ދޫކޮށްފައިވާއިރު ކަރަންޓް ސަބްސިޑީގެ ގޮތުގައި 53 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ށ. މާއުނގޫދޫއަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށާއި، އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިލަންދޫގައި 38 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫޢު މިހާތަނަށް ހިންގާފައިވާއިރު 800 ކިލޯވޮޓް ޖަނަރޭޓަރ ސެޓް ބަހައްޓާ ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 700 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ށ. ފުނަދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި، 44.5 މިލިއަން ރުފިޔާގެ މަޝްރޫއުގެ މި މަސައްކަތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުން ޓެންޑަރ ކުރެވިފައިވާކަންވެސް ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މަތިކޮމަންޑޫއާ ކޯސްވޭއަކުން ގުޅާލުމާއި ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާކުރާނެ ކަމަށެވެ. އަދި ނަރުދަމާ ނިޒާމު މަސައްކަތްތައް ވެސް ކުރިއަށް އޮތްތަނުގައި ބާރު ސްޕީޑްގައި ކުރިއަށްދާނެކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން