އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލްކޮށް އެތަކެތި ގަތުމަށް ދައުލަތުން ހޭދަކުރި ފައިސާ ހޯދުމަކީ އައިބު ކަމެއް ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ކޮންބަޔެއް ކަން ނޭގޭ ބަޔަކަށް ވެންޓިލޭޓަރުތަށް ގަންނަން 31 މިލިއަން ރުފިޔާ ސަރުކާރުން ދިނުމަކީ ބައެއް ބޭފުޅުންނަށް އައިބު ކަމެއް ނޫން ކަމަށެވެ. އެބަޔަކު ގެންނަން އުޅުނު ވެންޓިލޭޓަރުތަށް ނުލިބުމަކީ އައިބު ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އައިބު ކަމަކަށްމިވަނީ މިވާހަކަ ދައްކައިގެން އެވާހަކަ ދައްކައިގެން އެފައިސާ ދައުލަތަށް ހޯދަން އުޅޭ އުޅުން" ހަސަން ލަތީފް ވިދާޅުވިއެވެ.





ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކުވި އެއްބަސްވުން ބާތިލްކޮށް، އާބިޓްރޭޝަން މެދުވެރިކޮށް ފައިސާ ހޯދަން ހެލްތު މިނިސްޓްރީ އަށް މިހާރު ވަނީ އަންގާފައެވެ.



ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދެން ކުރިއަށްދާނެ ގޮތުގެ ލަފައަކަށް ހެލްތުން އެދުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ އެކަމުގައި ލަފާ ވެސް ދެއްވައިފަ އެވެ. އެހެން ނަމަވެސް އެލަފާ އޭޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި އިހުމާލްވާ ފަރާތްތަކާއި މެދު ދައުވާ ނުކުރަން ނިއްމި ނިއްމުން މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން މިހާރު ވަނީ ނިއްމާފައެވެ.

އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. އެކަމަކު ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދުކަމުން ސަރުކާރުން އެ ގަބޫލެއް ނުކުރެއެވެ. އެއްބަސްވުމުގައި ބުނާގޮތުން ނަމަ ރާއްޖެއަށް އަދި ވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން