އިންޑިޔާއިން މިއަދު ރާއްޖެ ގެނައި ވެކްސިނުގެ ޝިޕްމެންޓް.
އިންޑިޔާއިން މިއަދު ރާއްޖެ ގެނައި ވެކްސިނުގެ ޝިޕްމެންޓް.
ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިޔާއިން ގަނެފައިވާ 100،000 ޑޯޒު ވެކްސިން މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއީ ވެކްސިން ގަތުމަށް ދެގައުމުން ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނައި ފުރަތަމަ ޝިޕްމެންޓްއެވެ.

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑާއި އެކު 23 މާޗް 2021 ގައި ވެވުނު އެއްބަސް ވުމުގެ ދަށުން ރާއްޖެ ގެންނަން ހަމަޖެހިފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 200،000 ޑޯޒެވެ.

މީގެއިތުރުން، މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާގެ ސަރުކާރުންވަނީ ދިވެހިރާއްޖެއަށް 200000 ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައެވެ. މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވެކްސް ފެސިލިޓީއިންވެސްވަނީ ދިވެހިރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައެވެ.

މިއަދު ލިބުނު ކޮވިޝީލްޑުގެ އެއްލައްކަ ޑޯޒާއެކު ރާއްޖޭގައި ވެކްސިނުގެ ދެވަނަ ޑޯޒު ޖެހުން ކުރިއަށް ގެންދެވޭނެކަމަށް ސިއްހީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން