އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   29 މާރިޗު 2021 - 19:0
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން 7 ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.

ކުރިމަތިލެއްވި 7 ބޭފުޅުންގެ ނަންތައް މިއަދު ވަނީ ދިރާސާ ކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފައެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން 2 މެމްބަރަކު ތިއްބަވަން ޖެހޭއިރު މިހާތަނަށް އާންމުންގެ ތެރެއިން އެބޯޑަށް ކަނޑައެޅުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ހާމިދު އަބްދުލް ޢަފޫރަށް އެކަންޏެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ކަނޑައަޅާ ދެވަނަ މެމްބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި 7 ބޭފުޅުން ކުރިމަތި ލާފައިވެއެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލެއްވި 7 ބޭފުޅުން:-

1. އިބްރާހިމް ތައުފީޤް، މއ. ރިހިވިލާގެ

2. މުހައްމަދު އިމްރާން ޝަރީފް، މ. ތަންތަރާ

3. ޝަފާ ޝަރީފް، ދެތަނޑިމާގެ، ސ. ހުޅުދޫ

4. އަހުމަދު އުސައިދު ހަސަން، ލަކީސްޓަރ، ގދ. ހޯޑެއްދޫ

5. އައިޝަތު ރަޝީދު، ކޮކާގެ ސ. ފޭދޫ

6. ހައްވާ ރީނާ ހަސަން، މ. ދިއްގަލި

މިދިޔަ އަހަރު ފާސްކޮށް ތަސްދީގުކޮށް މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ލިބިދޭ ކަމަށެވެ. އަދި އެ ޤާނޫނުގައި ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

މި ހަތްބޭފުޅުންގެ ނަންތައް ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ދިރާސަކުރެއްވުމަށްފަހު އެކަން ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން