މިސަރުކަރަކީ ވައްކަމަށް ޖާގަ ދޭނެ ސަރުކާރެއް ނޫންކަމަށާއި މިސަރުކާރަށް ވައްކަން ކުރާ ސަރުކާރެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް އެދިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކަށް އިޝާރާތްކުރަށްވައި ރޮޒޭނާ ވިދާޅުވީ މިސަރުކާރާއި، ރައީސް ޞާލިހާއި ދިމާއަށް ވައްކަން ކުރާ މީހެކޭ ނުވަތަ ވައްކަން ކުރާ ސަރުކާރެކޭ ނުބުނެވޭނެކަމަށެވެ.

ކޮންމެ ސަރުކާރެއްގައިވެސް ވައްކަން ކުރާ މީހުންނާއި ވައްކަމަށް ޖާގަދޭނެ މީހުން ތިބޭނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ރޮޒޭނާ ވިދާޅުވީ މިސަރުކާރުގެ ތެރޭގައި ތިއްބެވި އެފަދަ މީހުންނާއިމެދުވެސް އަޅަންޖެހޭ ފިޔަވަޅު އަޅައި މުއައްސަސާތަކަށް އެއްވެސް ނުފޫޒެއްނެތި މަސައްކަތް ކުރުމުގެ ޖާގަ ރައީސުލްޖުމްހޫރިއްޔާ ދެއްވަމުންދާކަމީ ފެންނަމުންދާ ހަގީގަތްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

"މިސަރުކާރުން ވައްކަމަކަށް ހިތްވަރެއްނުދޭ. މިސަރުކާރުން ވައްކަމެއް ނުކުރޭ. ކޮންމެ ސަރުކާރެއްގައިވެސް ވައްކަން ކުރާ މީހުންވެސް އިހުމާލުވާ މީހުންވެސް ތިބޭ. އެކަމުގެ އެކަންކަމަށް މިސަރުކާރުން ޖާގަ ނުދޭ. ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ހުރިހާ މުއައްސަސާއަކަށް ދެއްވަންޖެހޭ އެއްބާރުލުން ދެއްވަމުން." ރޮޒޭނާ ވިދާޅުވިއެވެ.

ވައްކަން ކުރާ ސަރުކާރާއެކު ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.



ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލަ މަތިޖެހިޔަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުކަމަށެވެ. އަދި ސަރުކާރު މިކަމުގައި ބައިވެރިވާތަން ފެންނަކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް އެދިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން