އަޑިޔަށް ދިޔަ ބޯޓު
އަޑިޔަށް ދިޔަ ބޯޓު
3 މީހުންނާއެކު ތިލަފުށީން ހުޅުމާލެއަށް ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަނޑު ގަދަވުމުގެ ސަބަބުން ސަވާރީ ނަމަކަށްކިޔާ ތެޔޮ އުފުލާ ބޯޓު އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބުނީ ހެނދުނު 11:00 އެހާއިރުކަމަށެވެ. އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުން ދަތުރުކުރި މީހުން ސަފާރީއަކަށް ނަގާފައިވާކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



އެމްއެންޑީއެފުން ބުނީ ތެޔޮ އުފުލާ ބޯޓުގައި 10000 ލީޓަރުގެ ޑީސަލް ހުރިކަމަށެވެ. އަދި ބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ޙާދިސާތައް އިތުރުވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން