ސައޫދީ ސަރުކާރުން ރާއްޖެ އަށް 25 ޓަނުގެ ކަދުރު ހަދިޔާކުރަނީ
ސައޫދީ ސަރުކާރުން ރާއްޖެ އަށް 25 ޓަނުގެ ކަދުރު ހަދިޔާކުރަނީ
ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 25 ޓަނުގެ ކަދުރު ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސައޫދީ އެމްބަސީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ސައޫދީ ސަރުކާރުގެ ފަރާތުން 25 ޓަނު ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.

މި ކަދުރަކީ އަންނަ ރަމަޟާންމަހު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަދިޔާކުރި ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.



ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުންނާއި އިސްލާމީ ބައެއް އެހެން ގައުމުތަކުން އަދި އިސްލާމީ ޖަމާއަތްތަކުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. ރާއްޖޭގައި ބައެއް އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރޯދަ މަހާއި ދިމާކޮށް ކަދުރު ބަހައެވެ. ނަމަވެސް ހުސްވި އަހަރުގެ ރަމަޟާން މަހު، ކޮވިޑްގެ ތެރޭގައި ބެހި ސަޢުދީ ކަދުރު ބެހި ގޮތާއި މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މިއަހަރު ކަދުރު ބަހާނެ ގޮތެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން