ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މަޖިލިސް މެމްބަރުން ރަށްރަށަށް ވަޑައިގަންނެވުމަކީ ރަސްމީ މަސައްކަތެއްތޯ ބެލުމަށް، އެ މައްސަލަ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހާޒިރީ އިއުލާނުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހަ މެމްބަރަކު އެ ބޭފުޅުންގެ ދާއިރާތަކަށް ވަޑައިގެންފައިވާ ކަމަށާ މި މެމްބަރުން ދާއިރާތަކަށް ވަޑައިގެންފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށެވެ. ކެމްޕެއިން ކުރެއްވުމަށް ދާއިރާތަކަށް ވަޑައިގެންނެވުމަށް މެމްބަރަކު އެދިވަޑައިގެންފިނަމަ، އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެ ދަތުރުތަކަށް ވަޑައިގެންނެވުމަކީ ރަސްމީ މަސައްކަތެއްތޯ، ނުވަތަ ނުރަސްމީ މަސައްކަތެއްތޯ ދެނެގަތުމަށްޓަކައި، އެ މައްސަލަ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށާ އަދި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ރަސްމީ މަސައްކަތެއް ކަމަށެވެ.



އިންތިހާބަށް ބައެއް މެމްބަރުން ކެމްޕެއިނަށް ވަޑައިގަންނަވާއިރު އިދިކޮޅު ކޯލިޝަނުންދަނީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ސަރުކާރުން ނުދޭ ކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން