ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި މައްސަލައިގައި ޕީޖީ ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމާއިބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅުން ނިންމާފައިވާއިރު، އެމްޑީޕީގެ ޕީޖީ މެމްބަރުންވެސް ދަނީ އެމޭރުމުން ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން އެކަމާއި ގުޅިގެން ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ޕީޖީގެ ޝަމީމްގެ މައްސަލަ ބޮޑުވެފައި މިވަނީ، ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރި ވެލެންޓިލޭޓަރުތައް ނުލިބި، އެމައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ ނިންމުމާއި ގުޅިގެނެވެ. މިމައްސަލައިގައި ރައީސް ނަޝީދުވެސް ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވައްކަން ކުރާ ސަރުކާރެއްގައި އެމްޑީޕީން އޮންނަން ބޭނުން ނުވާ ކަމުގައި ވިދާޅުވެފައެވެ. އަދި ޕީޖީ އިސްތިއުފާ ދެއްވުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން