ސީޕީ ހަމީދު ވެކްސިން ޖައްސަވަނީ
ސީޕީ ހަމީދު ވެކްސިން ޖައްސަވަނީ
ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްފަހު އެމީހަކަށް ވައިރަސް ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމަށް ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާ ޕާރސަން ޑރ. އަހްމަދު ފައިސަލް ވިދާޅުވީ، ރާއްޖޭގައި ވެކްސިންގައި އުޅެނީ ފުރަތަމަ ޑޯޒްގައި ޖެހުމުގައި ކަމަށެވެ.

ވެކްސިންގެ ފައިދާ ފެންނާނީ ދެވަނަ ޑޯޒް ޖެހުމަށްފަހު ގާތްގަނޑަށް ދެހަފުތާ ފަހުން ކަމަށް ފައިސަލް ވިދާޅުވިއެވެ. "ދެވަނަ ޑޯޒް ޖެހުމުން އިރާދަކުރެއްވިއްޔާ މި ވައިރަސް ވެގެންދާނީ، އާންމު ރޯގާއަކަށް. އޭގެ މާނައަކީ، މި ބަލީގައި ބޮޑުވަރުވެގެން ނުދާނޭ ނުވަތަ ނިޔާވުން މަދުވާނޭ" ޑރ.ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ފައިސަލް ވިދާޅުވީ، ބައެއް ގައުމުތަކުގައި 60 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން މަތީގެން ކުދިންނަށް ރާއްޖޭގައި ދެމުން އަންނަ ސިނޮފާރމް ޖަހާފައިވާ ކަމަށެވެ. ރާއްޖޭގައި ސިނޮފާރމް ވެކްސިން ޖަހާ އުމުރުފުރާގެ އިތުރުން އެހެން އުމުރުފުރާތަކަށް މި ވެކްސިން ޖެހުމަށް ވަރަށް އަވަހަށް ހުއްދަ ލިބިގެންދާނެ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

މިހާތަނަށް 232،175 މީހުން ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ، މާލެ ސަރަޙައްދުން 129،069 މީހުންނާއި، އަތޮޅުތެރެއިން 103،106 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން