އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   29 މާރިޗު 2021 - 14:35
ވަރަށް ބޮޑަށް ރޯގާޖެހިވަޑައިގެން އުޅުއްވާތީ ކޯވިޑަށް ޓެސްޓްކުރެއްވުމުން ނަތީޖާ ނެގެޓިވް ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަރިދަފުސް ރޯގާގެ އަލާމާތްތައް ވަރަށް ބޮޑަށް ހުރެގެން ރޯގާ ޖެހިވަޑައިގެން އުޅުއްވާތީ ކޯވިޑަށް ޓެސްޓް ކުރެއްވުމުން އެމަނިކުފާނު ބައްޔަށް ނެގެޓިވްވެފައިވާކަމަށެވެ.

ނަމަވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި މެމްބަރުން މިއަދު އެހާބޮޑަށް ކައިރިވެ ނޫޅުއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ރައީސް ނަޝީދު މީގެކުރިން ވެސް ލަންޑަނަށް ވަޑައިގެންފައި އެނބުރި ވަޑައިގެން ކޮވިޑް ޓެސްޓް ހައްދަވައިގެން ވަނީ ނެގެޓިވް ވެފައެވެ.

ރައްޔިތުންގެ މަޖިލީހުން މިހާތަނަށް 3 މެމްބަރަކު ކޯވިޑަށް ވަނީ ޕޮޒިޓިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމާއި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. މީގެ ތެރެއިން އާޒިމްވަނީ މިހާރު ބަލިން ރަނގަޅުވެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން