ޅ. ހިންނަވަރުން ކުއްލި ގޮތަކަށް ހާލުދެރަވެގެން ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ މިހާއަށް ފަރުވާ ދެމުންދަނިކޮށް، ނިޔާވުމާއިގުޅިގެން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވްވެއްޖެއެވެ.

އެމީހާ ނިޔާވެފައި ވަނީ ނޭވާލާން އުނދަގޫވެގެން ނައިފަރަށް ގެންގޮސް، ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ.

ހިންނަވަރުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ރޯގާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ހާމަކުރެއެވެ.

ހިންނަވަރަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މިވަގުތު އެއަތޮޅު ނައިފަރާއި ފެލިވަރު ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. މިވަގުތު 10 އަށްވުރެ ގިނަ ރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކޯވިޑް-19 ގެ ހާލަތު ވަރަށް ގޯސްވެފައިވާ ޅ. އަތޮޅުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހުމާއި ރޯގާ ހަލުވިކަމާއިއެކު ފެތުރެމުން ދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން