65 މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލިސް ދިނުމުންވެސް ރައީސް ނަޝީދު އުޅުއްވަނީ ސަކަރާތް ޖެއްސެވުމަށްކަމަށް، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް، އިބްރާ ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ކޮންޓްރޯލްކުރާ އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލިހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އިންނެވި ރައްޔިތުންގެ މަޖިލީހުގައި ތިބީ އެމްޑީޕީގެ އަށެއްކަ މެމްބަރުންކަމަށެވެ. ނަމަވެސް ކުރެވުނު މަސައްކަތުން ނަތީޖާ ނެރެވުނުކަމަށް އިބްރާ ވިދާޅުވިއެވެ.



އިބްރާ ވިދާޅުވީ ރައީސް ނަޝީދަށް ސުޕަރ މެޖޯރިޓީއާއެކު މަޖިލިސް ހަވާލުކުރުމުން އުޅުއްވަނީ ހަދާނެ ގޮތެއް އެނގިވަޑައިނުގެން ސަކަރާތް ޖެއްސެވުމުގައިކަމަށެވެ. އަދި 2008 ވަނަ އަހަރު ވެރިކަން ހަވާލުކުރީމާވެސް ވީ އެވަރުކަމަށް އިބްރާ ވިދާޅުވިއެވެ.

"މަޖިލީހުގައި އަހަރެމެން ތިބީ އެންމެ އަށެއްކަ މެންބަރުން. ނަތީޖާ ނެރުނިން. އަންނި އަތަށް 65 މެންބަރުންނާއެކު މަޖިލިސް ހަވާލުކުރީމަ ޖަހަނީ ސަކަރާތް. ރީތިކޮށް އިނދެގެން ކޮށްލެވެން އޮތްކަމެއް، ކުރާނެ ގޮތެއްވެސް ނޭގިގެން އުޅޭހެން ހީވަނީ. ވެރިކަން ހަވާލުކުރީމާވެސް ވީ އެވަރު." މިނިސްޓަރ ފައްޔާޒުގެ ބޭބެ، އިބްރާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކޯޅުން ބޮޑުވެފައިވާއިރު އިބްރާއަކީވެސް ރައީސް ނަޝީދާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވާ ބޭފުޅެކެވެ. އެފަދަ މައްސަލަތަކުގައި އެމްޑީޕީން އިބްރާ ދުރަށް ވަޑައިގެންފައިވެސް އެބަހުއްޓެވެ. އަނެއްކޮޅުން ރައީސް ނަޝީދު އެންމެ ބޮޑަަށް ފާޑު ވިދާޅުވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއަކީ އިބްރާގެ ކޮއްކޯފުޅުކަންވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން