މިފްކޯގެ މަސައްކަތްތައް ކުރިއަށްދާ ޅ. ފެލިވަރުން މިހާތަނަށް ކޯވިޑް-19އަށް 75 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީިއިން ބުނީ މިވަގުތު ރަށްރަށުން ފާހަގަކުރެވިފައިވާ ކްލަސްޓަރތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ފެލިވަރު ކްލަސްޓާއިން ކަމަށެވެ.

ކޯވިޑްގެ ފުރަތަމަ ކޭސް ފެލިވަރުން ފެނުނީ މިމަހުގެ 24 ވަނަދުވަހުއެވެ. އޭގެފަހުން މިވީ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 75އަށް އަރާފައެވެ. އަދި ފެލިވަރުން ފެނުނު ކޭސްތަކާއި ގުޅިގެން އެއަތޮޅު ކުރެންދޫ ފިޔަވައި ހުރިހާ ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.



އަތޮޅު ތަކުގެ އެހެން ރަށްރަށަށް ބަލާލާއިރު ކުޑަހުވަދޫން މިހާތަނަށް 24 މީހުން، ރ. އުނގޫފާރުން 13 މީހުން، މާލެ އަތޮޅު ހުރާއިން 52 މީހުން، ދިއްފުށިން 19 މީހުން އަދި ގދ. ތިނަދޫން 3 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވް ކޭސްތައް ފެނުނު ރަށްތަކުގެ އިތުރުން ދ. މީދޫ، ރ. މަޑުއްވަރި، ރ. ހުޅުދުއްފާރާއި، ރ. އަލިފުށިވެސް ވަނީ މޮނިޓަރިންގެ ހާލަތަށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން