ކަނބަލުންނަށް ނިސްބަތްކޮށް ދެކެވުނު ވާހަކަތަކަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެންމެފަހުން މަޢާފަށް އެދިވަޑައިގެންފިއެވެ.
އަނދުން ހުސައިން މައާފަށް އެދިވަޑައިގެންފައި މިވަނީ މިދިޔަ ހޯމަދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި، އަންހެނުން ބޭނުންކުރާ ޕެޑާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އޭނާ ހޫނު ފެނަށް ވެއްޓި، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުންނެވެ.
ހޯމަދުވަހުގެ ޖަލްސާގައި އަނދުން ހުސެއިން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލިހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށާއި، އެ މަންޒަރު އޭނާއަށް އެތައް ދުވަހަކު ފެނިވަޑައިގެންނެވިކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފަ." އަނދުން ހުސައިން ވިދާޅުވިއެވެ.
އަނދުން ހުސައިން ދެއްކެވި ވާހަކަތައް ސޯޝަލް މީޑިއާއަށް ތިލަވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ. އަދި އެހެން ޤައުމެއްގައި އެއީ މަޤާމުން އިސްތިއުފާދޭންޖެހޭވަރުގެ ކުށެއްކަމަށް ބައެއް މީހުން ބުންޏެވެ. ބައެއް މީހުން ބުނީ މިއީ މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ތަނެއް ދޮރެއް ނޭނގޭކަން ދައްކުވައިދޭ ކަމެއްކަމަށެވެ.
އަނދުން ހުސައިން ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަން ފެށުމުން އަނދުން ހުސައިން އެންމެފަހުން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.
މައާފަށް އެދިވަޑައިގަންނަވަމުން އަނދުން ހުސައިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާއަށް ދެއްކުނީ ބަލައިގަނެވޭނެ ވާހަކައެއް ނޫންކަން ޤަބޫލުކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ބަސްތަކަށް ސަމާލުކަން ދެއްވާނެކަމަށްވެސް އަނދުން ހުސައިން ވިދާޅުވިއެވެ.

If this was any other country andhun Hussain would’ve had to apologize for this comment and possibly give up his seat. But this is mordis https://t.co/E8ZtsJQM21
— MZ (@electricfenfai1) March 15, 2021
އަނދުން ހުސައިން ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަން ފެށުމުން އަނދުން ހުސައިން އެންމެފަހުން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.
Kanbalun ah nisbaiy vaa fadha gothah dhekevunu vaahaka ah ma’af ah edhen. Balainuganeveyne fadha vaahaka eh kan qabool kuran. Alhugandu mifadha basthakah samaalu ithurah vaanan.
— Hussain Shaheem (@AndhunHussain) March 17, 2021
މައާފަށް އެދިވަޑައިގަންނަވަމުން އަނދުން ހުސައިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާއަށް ދެއްކުނީ ބަލައިގަނެވޭނެ ވާހަކައެއް ނޫންކަން ޤަބޫލުކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ބަސްތަކަށް ސަމާލުކަން ދެއްވާނެކަމަށްވެސް އަނދުން ހުސައިން ވިދާޅުވިއެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު