އޮތެންޓިކް މޯލްޑިވްސްގެ އާ ފިހާރައެއް މާލޭގައި ރޭ ހުޅުވައިފިއެވެ.
ބިޒްނަސް ކޯޕަރޭޝަން ސެންޓަރ، ބީސީސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައެއް މާލޭގައި ހުޅުވާފައި ވަނީ އޯކިޑްމަގުގައެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މިއީ ދިވެހި އުފެއްދުންތައް، ޚާއްސަ ދިވެހި ކަނބަލުންގެ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ފިހާރައެއްކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިން ތަކެތި ބައްލަވައިގަތުމަށް ފައްޔާޒު އެދިވަޑައިގަތެވެ.
ބިޒްނަސް ކޯޕަރޭޝަން ސެންޓަރ، ބީސީސީގެ ދަށުން މާލޭގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވާފައިވާއިރު، ހުޅުމާލެއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ ހުރެއެވެ. މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރި އެރުވުމުގެ މަގުސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމުކުރުމުގެ މަޤްޞަދުގައި ބީސީސީން ހުޅުވާ ފިހާރަތަކެކެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކާއި އެކު ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތައް ވަނީ އިތުރުވެގެން ގޮސްފައެވެ.

Authentic Maldives brand new shop just opened in Male, Orchid Magu by @BCC_mv . A great avenue to sell the wares of our talented artists, specially women. Pls visit and support them by buying your gifts here. Great work @BCC_mv team. pic.twitter.com/r601vee1pW
— Fayyaz Ismail (@faya_i) March 13, 2021
ބިޒްނަސް ކޯޕަރޭޝަން ސެންޓަރ، ބީސީސީގެ ދަށުން މާލޭގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވާފައިވާއިރު، ހުޅުމާލެއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ ހުރެއެވެ. މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރި އެރުވުމުގެ މަގުސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމުކުރުމުގެ މަޤްޞަދުގައި ބީސީސީން ހުޅުވާ ފިހާރަތަކެކެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކާއި އެކު ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތައް ވަނީ އިތުރުވެގެން ގޮސްފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު