އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު މެންދުރު ފަހު 14:30 ގައެވެ. މިރޭ 8:00 ޖަހަންދެން ކުރިއަށްދާ މި އިންތިޚާބުގައި، ގައުމީ މަޖިލީހުގެ 448 މަގާމަކަށް މެންބަރުން އިންތިޚާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީން ބުނީ އެމަގާމުތަކަށްް 979 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީންނާއި، އަންހެން އަދި ޒުވާން ސެކްރެޓަރީންގެ އިތުރުން، އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ރައީސުންނާއި، ދާއިރާތަކާއި އަތޮޅުތަކާއި ސިޓީތަކުން ގައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
މިއީ މިފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކާ އެއްގޮތަށް ބާއްވާ ފުރަތަމަ އިންތިޚާބެވެ. ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ފޯރިއެއް އޮތްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު