ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން މިރޭ އެއްވުމެއް އާޓިފިޝަލް ބީޗުގައި ބާއްވައިފިއެވެ.
"ގައުމީ ހަރަކާތް" ގެ ނަމުގައި ބޭއްވި މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިސް ބޭފުޅުން ވަނީ މި މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، މަޝްރޫއު ހިންގުމުގެ ކުރިން ރައްޔިތުންގެ އާންމު ވޯޓަކަށް ދިއުމަށް ގޮވާލާފައެވެ.
މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ރަސްމާލެ ޑީލާ ގުޅިގެން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެސް ނުޖެހޭ ކަމަށާއި، އެއީ ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ނޫން ކަމަށެވެ. އަދި ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން ބައެއް ދޫކޮށްލައިފިނަމަ، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް، އެއްވެސް ބަދަލެއް ވެސް ނުދޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އިންޒާރުދެއްވާފައެވެ.
ގައުމީ ހަރަކާތުން ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން، އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ، ރާއްޖެއަށް ބިދޭސީން ގެނެސް ވަޒަންވެރިކުރުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށާއި، އެފަދަ ކަމެއް ކުރާނަމަ ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން ކަމަށެވެ. މީގެ އިތުރުން، ގައުމީ ބޮޑެތި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ނުހޯދައި ކަންކަން ނުކުރެވޭނެ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރެއްވެސް ނޫން ކަމަށް ޢަލީ ވިދާޅުވިއެވެ.
މި އެއްވުމުގައި ރައީސް ޔާމީންގެ އިތުރުން ޝައިހް އިމްރާން އަބްދުﷲ އާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު