ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރާ ދިވެހި ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "100 ސީޓީއެފްޕީ" (100 ސެލެބްރެޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް) ހަރަކާތަށް ތާއީދު ކުރެއްވި ފުރަތަމަ ވަޒީރަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ވެވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާއާއި އިންޑޮނޭޝިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އެންއޯސީ) ގެ ފުރިހަމަ ތާއީދާއެކު ކުރިއަށްދާ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޕެރާ އެތުލީޓުންގެ ހިތްވަރާއި އަޒުމް ބަލައިގަންނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަރާތްތަކާއި އެތުލީޓުންނާ ދެމެދު ބަދަހި ގުޅުމެއް ކޮށްދިނުމެވެ.
މި ހަރަކާތުގެ ދަށުން، ލިލީމަގުގައި ހުންނަ ޔޫތު ހަބުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދުނިޔޭގެ ކުޅިވަރު ދާއިރާގެ މަޝްހޫރު ފަރާތްތަކާއި ބައިނަލްއަޤްވާމީ ޝަޚުޞިއްޔަތުތަކުގެ މެސެޖުތައް ހިމެނޭ "100 ސީޓީއެފްޕީ" ކާޑުތައް ވަނީ ރާއްޖޭގެ ޕެރާ އެތުލީޓުންނާ ހަވާލުކޮށްފައެވެ.
މި ކާޑުތައް ލިބިގަތް ދެ އެތުލީޓުންނަކީ ދިވެހި ޕެރާ އެތުލީޓުން ކަމަށްވާ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު އަދި ފާޠިމަތު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާއި، މޯލްޑިވްސް ޕެރާލިމްޕިކް ކޮމިޓީގެ ރައީސާ ޢާއިޝަތު ނަޒްހަތު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ކުރިއަށްއޮތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންއެވެ.

ކިޔުންތެރިންގެ ހިޔާލު