ފޮޓޯ: ކަސްޓަމްސް
ފޮޓޯ: ކަސްޓަމްސް
ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ބުނީ، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އަތުލައިގަތް މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3600 ގްރާމް ހުއްޓެވެ.

ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަބަދުވެސް ދަނީ އަތުލައިގަންނަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އަތުލައިގަނެވޭ މީހުންނާއި ތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދަނީ ހަވާލުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ގައުމީ ފެންވަރުގައި ހަރުދަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ކަސްޓަމްސްއިން ދަނީ ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ހީވާގިކަމާއެކު ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް