ޕީއެންްއެފްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް-
ޕީއެންްއެފްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް-
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާ އުފުލައިގެން ކޯޓު މަރުހަލާގައި އޮތް ދެ މައްސަލައިގެ އަޑުއެހުން، މަސްތަކަކަށް ފަހު މި މަހުގެ ފަހުކޮޅު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްގެން ކޯޓު މަރުހަލާގައި މި ވަގުތު އޮތް ދެ މައްސަލައަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ އާއި، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ބުނާ މައްސަލައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެ މައްސަލައިގެ ތެރެއިން ފުއްގިރި މައްސަލައިގެ އަޑުއެހުން މި މަހުގެ 23 ވާ ބުދަ ދުވަހަށް ތާވަލުކޮށްފައި ވާއިރު، އާރަށް މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.

މީގެ ތެރެއިން ވ. އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މަޑުޖެހިފައި އޮތީ، އެ މައްސަލަ އެ ކޯޓުން އަލުން ބަލާއިރު އޭގެ ކުރިން ބަލައިގަތް ދައުލަތުގެ އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމުގެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ހައި ކޯޓުން އެންގި ގޮތަށް އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

އަދި ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު އަޑުއެހުންތަކެއް ބޭއްވުމަށް ފަހު، މިހާތަނަށް އޮތީ ތާވަލުނުކުރެވިއެވެ. ފުއްގިރި މައްސަލާގައި މި ވަގުތު ކޯޓު މަރުހަލާގައި ކުރިއަށްދަނީ ހަމައެކަނި ރައީސް ޔާމީނުގެ މައްސަލަ އެވެ. މި މައްސަލައިގައި ދައުވާ ލިބުނު ސަން ސިޔާމްގެ ދެ ކުންފުންޏަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި މައްސަލާގައި ދައުވާ އުފުލި ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް