ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ އިސްވެރިޔާ ނުވަތަ އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ހައްޖަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ސައީދު ހައްޖަށް ފުރާވަޑައިގަތީ މިއަދު ހެނދުނު އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގައެވެ. ރާއްޖެއިން ކޮންމެ އަހަރަކުވެސް ހައްޖަށް ދާ މީހުންގެ އިސްވެރިއަކު ކަނޑައެޅުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އަންނަ ކަމެކެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 1000 މީހުންގެ ކޯޓާގެ ދަށުން ހުރިހާ ހައްޖުވެރިން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. މީގެ ތެރެއިން 500 ހައްޖުވެރިން ދަތުރުކުރީ ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ގައެވެ. އަދި ބާކީ 500 ހައްޖުވެރިން ދަތުރުކުރީ ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައްކާގައި ގާއިމުކޮށްފައިވާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިތާއު އައްބާސްއެވެ. އަދި ހައްޖުވެރިންގެ އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ހުސައިނެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހައްޖުވެރިންނާ ގުޅޭ އެންމެހާ އިންތިޒާމުތައް މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ހައްޖުވެރިންނަށް "މައްކާ ރޫޓު"ގެ ހިދުމަތް ލިބިގެންދާނެއެވެ. މީގެ ސަބަބުން ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަނުކޮށް، ފަސޭހަކަމާއެކު ހޮޓަލަށް ދިއުމުގެ މަގު ފަހިވެގެންދާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. ހައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރާނެއެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ހައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 އިން 9 އާ ދެމެދުގެ ތާރީޚުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު