ރާއްޖެ އިން މިއަހަރު ޙައްޖުގެ އަޅުކަމަށް ދާ ދިވެހިންގެ ތިންވަނަ ގްރޫޕް ސައުދީ އަރަބިއްޔާއަށް މިއަދު ފުރައިފިއެވެ.
ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި 238 މީހުން ސައޫދިއާ އެއާލައިންގައި ފުރާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ ގްރޫޕް ފުރީ އިއްޔެ މޯލްޑިވިއަންގެ ފްލައިޓުން 260 ޙައްޖާޖީންނާ އެކުގައެވެ. އޭގެއިތުރުން ސަޢޫދިއާ އެއާލައިންގެ ފްލައިޓުގައި ޖުމްލަ 250 ޙައްޖުވެރިން މިއަދުވެސް ވަނީ ސަޢުދީއަށް ފުރާފައެވެ.
މިއަދު މެންދުރުފަހު 15:25 ހާއިރު ފުރި މި ފްލައިޓު ޖިއްދާއަށް ދެވޭނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން މިރޭ 8:30 ހާއިރުއެވެ. ދިވެހިރާއްޖެއަށް މިއަހަރުވެސް ޙައްޖުގެ އަޅުކަމަށް ރަސްމީ 1000 ކޯޓާ ވަނީ ލިބިފަ އެވެ.
ޙައްޖުވެރިން ސަޢުދީއަށް ޖަމާވަމުންދާއިރު، މިއަހަރުގެ ޙައްޖު މޫސުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސްއެވެ. އަދި މިއަހަރުގެ ޙައްޖުވެރިންގެ އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިނެވެ.
ރާއްޖޭން މިއަހަރު ޙައްޖަށްދާ މީހުންގެ އެންމެ ފަހު ފްލައިޓް ފުރާނީ މާދަމާއެވެ. މި ދަތުރުތައް ކުރިއަށްދާނީ މޯލްޑިވިއަން އާއި ސައުދީ އެއަރލައިންގެ ފްލައިޓްތަކުގައެވެ. ޙައްޖުވެރިންނާ ގުޅޭ އެންމެހާ އިންތިޒާމުތައް މިހާރު ފުރިހަމަކޮށްފައިވާކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. ޙައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރާނެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 އިން 9 އާ ދެމެދުގެ ތާރީޚުތަކުގައެވެ
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިންނަށް "މައްކާ ރޫޓު"ގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަނުކޮށް، ފަސޭހަކަމާއެކު ހޮޓަލަށް ދިއުމަށް މަގުފަހިކޮށްދޭ އިންތިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު