ރާއްޖޭން މިފަހަރު ޢުމްރާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފިއެވެ.
މިއަހަރު އުމްރާއަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސެއްގެ ސިއްހީ ހާލު ގޯސްވެގެން އެމީހާ އެޑްމިޓްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ، މި މަހުގެ ހަވަނަ ދުވަހުގައެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، އެމީހާ ރާއްޖެއަށް ގެނެސްފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި ކަމަށެވެ. އެގޮތުން އެ އުމްރާވެރިޔާ މާލެ ގެނައީ ފްލައިޓް މަތީގައި ދިމާވެދާނެ ހާލަތަކަށް ތައްޔާރުވެ، ޑޮކްޓަރަކާއި ނަރުހެއް މާލެއިން ފޮނުވައިގެން ކަމަށް ވެސް މޯލްޑިވިއަނުން މަޢުލޫމާތު ދީފައިވެއެވެ.
ޢުމްރާއަށް ގޮސް ހުއްޓާ ހާލު ދެރަވެގެން މިމަހުގެ 10 ވަނަ ދުވަހު އަނބުރާ ރާއްޖެ ގެނެސްފައިވަނީ އަލް-ވާދީ ގްރޫޕުން ޢުމްރާއަށް ދިޔަ މަރިޔަމް އިބްރާހިމެވެ.
މިއަހަރު ޢުމްރާގެ އަޅުކަމުގައި އުޅެނިކޮށް 2 ދިވެއްސަކު ވަނީ ނިޔާވެފައެވެ.
މިއަހަރުގެ ޑިސެމްބަރު ޗުއްޓީގައި ހަތް ހާހަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު