ރާއްޖޭގައި ހެޔޮވެރިކަމެއް ހިންގުމަށްޓަކައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު، ވިދާޅުވެެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަންޖެހޭ ކަމަށެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަޑު އަހާ، އޭގެފަހުން ޖަވާބުދާރީނުވާ ވެރިކަމެއް ރައްޔިތުންނަށް ރަނގަޅު ނުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާލިމެންޓަރީ ނިޒާމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި، އެއް ފަރާތެއްގެ އަތަށް ހައްދެއް ނެތް ވަރަކަށް ބާރުތައް ނުދެވޭނެ ކަމަށެވެ. އަދި މިފަދަ ނިޒާމެއްގައި ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިއްޖެ ނަމަ އެ މީހަކު މަޤާމުގައި ނުހުރެވޭނެ ކަމަށް ވެސް އަމްރު ވަނީ ފާހަގަކުރަށްވާފައެވެ. މިއީ ރިޔާސީ ނިޒާމުގައި ނެތް މުހިންމު ކަމެއްގެ ގޮތުގައި އަމްރު ސިފަކުރެއްވިއެވެ.
އަމްރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ މިހާރު އޮތް ޤާނޫނު އަސާސީގެ ދަށުން ވެރިކަން ކުރެވުނު 17 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އިޤްތިސާދީ އިންސާފެއް، އިޖްތިމާއީ އިންސާފެއް އަދި ޝަރުއީ އިންސާފެއް ވެސް ލިބިފައިނުވާ ކަމަށެވެ. ވީމާ، ރާއްޖޭގައި ހެޔޮ ވެރިކަމެއް ހިންގުމަށްޓަކައި މިހާރުގެ ރިޔާސީ ނިޒާމު ޕާލިމެންޓަރީ ނިޒާމަކަށް ބަދަލުކުރުން މުހިންމު ކަމަށް ޙުސައިން އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު