ދެ ގައުމަކުން ދިވެހި ދަރިވަރުންނަށް ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ ސްކޮލަރޝިޕްތަކަށް ހުޅުވާލީ ބަންގަލަދޭޝް އާއި ޖަޕާނުން ކަމަށެވެ. އެގޮތުން "ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025" ގެ ނަމުގައި ބަންގްލަދޭޝުން ވަނީ ޖުމްލަ 14 ސްކޮލަރޝިޕްގެ ފުރުޞަތެއް ހުޅުވާލައިފައެވެ. މި ސްކޮލަޝިޕްތަކުގެ ތެރޭގައި، ހަތް ބެޗްލަރސް ޑިގްރީ، ހަ އެމްބީބީއެސް އަދި އެއް ބީޑީއެސްގެ ފުރުޞަތު ހިމެނެއެވެ.
"ޖޮއިންޓް ޖަޕާން/ ވަރލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025" ގެ ދަށުން ޖަޕާނުން ވަނީ އެގައުމުގެ 24 ޔުނިވާސިޓީއެއްގެ މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާފައެވެ. މި ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި، ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއްކަމުގައި ނުވުން، އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގެ ތިން އަހަރު ކުރިން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވުން، ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ވޯލްޑް ބޭންކްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.
"ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025" އަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 14 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. މީގެ އިތުރުން، "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025"ގެ ފުރުތަމަ ސުންގަނޑިއަކީ 13 ޖަނަވަރީ އިން ފެށިގެން 28 ފެބްރުއަރީ 2025 ގެ ނިޔަލަށެވެ. އަދި މި ފުރުޞަތުގެ ދެ ވަނަ ސުންގަނޑި އަކީ 25 މާރިޗް 2025 އިން ފެށިގެން 23 މެއި 2025 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު