ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށްރަށަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށް ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފުު ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އެކި ރަށްރަށަށް ދަނީ އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެއާއި ގުޅިގެން ނާއިބު ރައީސް ފޭސްބުކްގައި ވަނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، މި ދަނޑިވަޅުގައި ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ރައްޔިތުން ސަމާލުކަންދީ، އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
އަދި މިފަދަ ކޮންމެ ވަގުތެއްގައި ރައްޔިތުންގެ ފަރާތުން ފެންނަ އެއްބައިވަންތަކަމާއި، އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު ދަންނަވާކަމަށް ވެސް ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މާލެއަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 160 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ. މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތުގެ ތެރެއިން 10,000 އެއްހާ ޓަނުގެ ފެން ބޭރުކޮށްފައިވާކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު