ގަހަނާ ޑިޒައިން ކުރަން ދަސްކޮށްދޭ ކޯހަކަށް މޯލްޑިވިސް ޕޮލިޓެކްނިކުން ހުޅުވާލައިފިއެވެ.

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން ޖުވެލްރީ ޑިޒައިން އެންޑް މޭކިންކް" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ކޯހަކީ މުޅިން ހިލޭ ބައިވެރި ވެވޭގޮތަށް ހުޅުވާލި ކޯހެކެވެ.

މި ކޯހަށް އެޕްލައި ކުރާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، އަސާސީ ތަޢުލީމު ފުރިހަމަ ކޮއްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 2 ގެ ފެންވަރު ހާސިލުކޮއްފައިވުން ނުވަތަ 18 އަހަރު ފުރިފައިވާ، ލިޔަންކިޔަން ދަންނަ މީހަކަށްވުން ހިމެނެއެވެ.

ކޯހަށް އެޕްލައި ކުރުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.

ޕޮލިޓެކުން ދަނީ ގިނަ ކޯސްތަކަކަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމުންކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު