ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދާ ދަރުބާރުގެ ކުއްޔަށްދިނުން ހުއްޓާލައިފިކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އިއުލާންކޮށްފިއެވެ.
މިނިސްޓްރީން ބުނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން ދަރުބާރުގޭގެ ހޯލްތައް ވަގުތީގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީގޮތުން ހުއްޓާލިއިރު އެތަނުގައި މިހާރު ހިންގަމުންދަނީ ދާދިފަހުން އެއްކޮށްލާފައިވާ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީއާއި އަދި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ.
މި ތިން މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރީ އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކައިރީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް އެނދުމުންނެވެ. އަދި އެ އިމާރާތާ ކައިރީގައި ހުރި ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއިރު އެތަނުގައި ހިންގަމުން ދިޔައީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އެވެ.
މާލޭގައި ހުންނަ ދަރުބާރުގެއަކީ މީގެ ކުރިން ބޮޑެތި ރަސްމިއްޔާތުތަކާއި ކައިވެނީގެ ހަފްލާތައްވެސް ބާއްވަމުން ގެންދާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު