އާ އަހަރު ފާހަގަކުރަން މާލެ ސަރަހައްދުގައި ޑްރޯން ޝޯއެއް ބާއްވައި ހަވާ އަރުވަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފިއެވެ.
އެމްއެމްޕީއާރްސީން ބުނީ އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް މި މަހުގެ 31 އަދި އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.
މި ހަރަކާތްތަކުގެ ތެރެއިން ފުޑް ފެސްޓިވަލެއް މި ދެ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މި ފެސްޓިވަލްގެ ތެރެއިން ދިވެހި ތަފާތު އެކި ބާވަތްތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ފެސްޓިވަލްގެ ތެރެއިން ދިވެހި ސަގާފީ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ބޮޑުބެރުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޑްރޯން ޝޯ އަކީ އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ކަންތައް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މި ޑްރޯން ޝޯ ކުރިއަށް ގެންދާނީ އެރޭގެ ނުވައަކުން ފެށިގެން 15 މިނެޓަށް ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. މި ޝޯގެ ތެރެއިން ފަތުރުވެރިއަކު ރާއްޖޭގައި ކުރާ ތަޖުރިބާ ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްޕީއާރްސީން ބުނީ ޑްރޯން ޝޯ އަށް ފަހު ދަންވަރު ހަވާ އެރުވުން އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު