ހުޅުމާލޭ ދެ ވަނަ ފޭސްގައި ރޭ ދަންވަރު ފުލުހުންގެ ކާރަކާއި ސައިިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ލައިސަންސް ހިފަހައްޓާފައިވާ މީހަކަށް ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާގެ ލައިސަންސް ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެމީހާގެ ލައިސަންސް ހިފެހެއްޓީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެން ކަމަށް ފުލުހުން ބުންޏެެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު، 01:50 ހާއިރު ހުޅުމާލެ ފޭސް ދޭއްގައެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނަކަށް ކަމަށްވެސް ފުލުހުން ބުނެއެވެެ. އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް އެވެ. ފުލުހުން ބުނިގޮތުގައި އަނިޔާވީ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު