ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، ހައުސިން ޑިވިލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަނުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ވެބްސައިޓުން ދައްކާގޮތުން ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް އައްޔަނުކުރީ މި މަހުގެ ކުރީކޮޅު އެވެ.
ޝަފީގު މިނިސްޓަރު ކަމުގެ މަގާމަ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ އެޗްޑީއެފްސީގަ އެވެ.
އެގޮތުން އޭރު ހުންނެވީ އެޗްޑީއެފްސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމުގަ އެވެ.
ޝަފިގު ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
ނަމަވެސް ޝަފީގު އިސްތިއުފާ ދެއްވި ސަބަބެއް އަދިވެސް ނޭނގެ އެވެ.

ކިޔުންތެރިންގެ ހިޔާލު