މުޅި ރާއްޖެއަށް ހުޅުވާލައިގެން މޯލްޑިވްސް، މިއުޒިކް އެންޑް އާޓްސް ސެންޓަރުން މަދަހަ މުބާރާތެއް ބާއްވަން ނިންމައިފިއެެވެ.
މޯލްޑިވްސް، މިއުޒިކް އެންޑް އާޓްސް ސެންޓަރުން ވަނީ ސިލްސިލާކޮށް، ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފިއެެވެ.
''މަދަހަ ރަންއަޑު''، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ރޯދަ މަހުގެ ތެރޭގައެވެ.
މި މުބާރާތުގައި 06 އަހަރުން ދަށް، 09 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ އުމުރުފުރާތައް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މި މުބާރާތުގައި ކޮޕީ ރާގާއި، ކޮޕީ ޅެން، އަދި އަމިއްލަ ރާގާއި އަމިއްލަ ޅެން ބައިވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ރާއްޖެތެރޭގެ ބައިވެރިން މި މުބާރާތަށް ރެކޯޑްކުރާ މަދަހަ ސްމާޓް ފޯން ބޭނުންކޮށްގެން ރެކޯޑް ކުރެވިދާނެ ކަަމަށްވެސް ބުނެފައި ވެއެވެ. އަދި މޯލްޑިވްސް، މިއުޒިކް އެންޑް އާޓްސް ސެންޓަރުން މި މުބާރާތަށް ހާއްސަކޮށްގެން ގާއިމްކުރާ ސްޓޫޑިއޯގައި ޝޫޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މުބާރާތާގުޅޭ އިތުރު މައުލޫމާތު މޯލްޑިވްސް، މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ނަންބަރު 9990997 އާ ގުޅައިގެން އަދި ވައިބަރ މެދުވެރިކޮށް މެސެޖުކޮށްގެން ކުރިއަށް ގެންދެވޭނެެއެވެ.

ކިޔުންތެރިންގެ ހިޔާލު