މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓަކުން ގެއްލުނު މީހާ ހޯދަން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ބަލައިފި އެވެ.

އައްޑޫއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން އަންނަނީ "ސީމެކްސް" ބޯޓްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ނޭޕާލް މީހެކެވެ. އޭނާ ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުުލުހުންނަށް ރިޕޯޓްކުރީ ރޭގެ ވަގުތެއްގަ އެވެ.

މިރޭ އެމްއެންޑީއެފުން ބުނީ މިހާދިސާއާ ގުޅިގެން ގެއްލުނު މީހާ ހޯދުމަށް ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަންގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަންގައި ބަލައިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ކަނޑުމަގުން ކަމަށާއި ގެއްލުނު ފަޅުވެރިޔާ އަދިވެސް ފެނިފައި ނުވާކަމަށެވެ.

ނޭޕާލަށް ނިސްބަތްވާ މި މީހާ ބޯޓްގައި ނެތްކަން އެނގުނީ އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާ އަށް މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ބޯޓް އައްޑޫން ފުރީ ރޭ 11:30 ގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް