އަހުމަދު މަސްނޫމް   17 ޑިސެމްބަރު 2024 - 17:39
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އިސްރޯލެއް އަދާކުރަން އަލަށް އުފައްދާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ޝަފީއު އައްޔަންކުރަށްވައިފިއެވެ.

އަސްމާ މީގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާގޮތުން އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރުގެ ޒިންމާތަކުގެ ތެރޭގައި ހިމެެނެނީ ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމެވެ. އޭގެ ތެރޭގައި އިގުތިސޯދީ ރިފޯމާއި މާލީ ރިފޯމާއި އެސްއޯއީތައް ރިފޯމު ކުރުން ހިމެނޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ރިފޯމް ކޮމިޝަނަރު ރިޕޯޓުކުރާނީ ފިނޭންސް މިނިސްޓަރު އަދި މިނިސްޓަރުގެ އެޑްވައިޒަރުންނަށް ކަމަށް ފިނޭންސްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ހަރަދުތައް ކުޑަކުރުމަށާއި އެސްއޯއީތައް ރިފޯމްކުރަން ގިނަ ކަންތައްތަކެއް ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް