އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

އޭސީސީގެ ދެ މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާދެއްވާފައިވާތީ އެވެެ.

އެ މަގާމުތަކަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިދިޔަ ޑިސެމްބަރު 8، ވަނަ ދުވަހުވެސް ވަނީ އިއުލާންކޮށްފައެވެ. އެ އިއުލާނުގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ރަސްމީ ގަޑިއަށް އޮތީ ހުޅުވާލާފައެވެ. އެހެން ނަމަވެސް އެ އިއުލާނު ބާތިލުކޮށް އަލުން އަނެއްކާ މިއަދު ވަނީ އެމަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 31، ގެ ރަސްމީ ގަޑީގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެެވެ. އަދި މެންބަރުކަމުގެ ޝަރުތުތަކާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފުސީލުތައް ގެޒެޓުކޮށްފައިވާ އިއުލާނުގައި ހިމަނާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އޭސީސީގެ ނައިބު ރައީސް ކަމާއި މެންބަރުކަމުގެ ހުސްވެފައިމިވަނީ އެ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ސީދާ ރައީސަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް