އެއިޑްސް ފަދަ ބަލިތަކަށް ޝައްކު ކުރެވޭނަމަ އަވަހަށް ޓެސްޓުކުރުމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ އެއިޑްސް ފަދަ ބަލިތައް ކުރިން ދެނެގަތުން މުހިންމު ކަމަށާއި، އެފަދަ ކަަމަކަށް ޝައްކު ކުރެވޭނަމަ އަވަހަށް ޓެސްޓުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސެކްޓާއިން ޔަގީންކޮށްދެނީ، އެފަދަ ފަރާތްކަށް ދޭންޖެހޭ ރައްކާތެރިކަމާއި، އޯގާތެރިކާމާއި، އަޅާލުން މި ނިޒާމްގެ ތެރެއިން އަޅުގަނޑުމެން ދެމުން ގެންދާނެ ވާހަކަ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އެޗްއައިވީ ޖެހޭ މީހުންގެ ކަންތައް ބަލަހައްޓާނެ ގައިޑް ލައިނާއި، ނޭޝަނަލް ގައިޑްލައިން އޮން ހެޕަޓައިޓިސް ބީ އާއި ސީ، އަދި ނޭޝަނަލް ގައިޑްލައިން އޮން ސެކްޝުއަލް ޓްރާންސްމިޓެޑް އިންފެކްޝަންސް، ތަންފީޒުކޮށް އަމަލު ކުރަން ފަށާނެ ކަންވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ވޭތުވެދިޔަ 12 އަހަރު ތެރޭގައި މި ގައިޑްލައިންތައް އެއްފަހަރާ ތަންފީޒު ކުރެވެން ފަށާ ފުރަތަމަ ފަހަރުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ގައިޑްލައިންތަކަކީ ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ އެހީތެރިކަމާއެކު އަދި ދާއިރާގެ ފަންނުވެރި ބޭފުޅުންގެ އިރުޝާދާއި ލަފާއާއި އެއްގޮތަށް ތައްްޔާރުކުރެވި ތަންފީޒުކުރެވޭ ގައިޑްލައިންތައް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް