ރ. ދުވާފަރު ކަައުންސިލްގެ އެމްޑީޕީ މެމްބަރު ޔަޝްފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
ޔަޝްފާ "ރަސް"އަށް ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުވާން އެންގީ މިދިޔަ ނޮވެމްބަރު މަހު އެމްޑީޕީގެ ދަނދިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ.
ޔަޝްފާ އެ ޖަލްސާގައި ވަނީ ދުވާފަރުގެ މަޝްރޫއުތައް ހުއްޓިފައި އޮތުމުން ފާޑު ވިދާޅުވެފަ އެވެ. އަދި ސަރުކާރާ ދެކޮޅު ޝުއޫރުތައް ހާމަކޮށް ރައިވަރެއްވެސް ވިދާޅުވިއެވެ.
"މިހާރު ޗިޓު ލިބިއްޖެ މާދަމާ ހެނދުނު 10:30 ގައި މާލޭގައި ހުންނަ ފުލުހުންގެ އިދާރާއަށް ހާޒިރުވާން." ޔަޝްފާ ވިދާޅުވި އެވެ.
ޔަޝްފާ ވަނީ މި މަހުގެ 10 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ޖަލްސާގައި ވެސް ސަރުކާރާ ދެކޮޅު ޝުއޫރުތައް ހާމަކޮށް ރައިވަރެއް ކިޔައިފަ އެވެ. އަދި އެ ރައިވަރު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.
ދާދި ފަހުން އެމްޑީޕީގެ އެކްޓިވިސްޓު ހުސެން ޝާފިއު (ތުއްތު) ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާވެސް ފުލުހަށް ހާޒިރުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު