ވިލާ ކޮލެޖުން ހިތަދޫގައި ގާއިމުކުރި ކެމްޕަސް މިއަދު އިފުތިތާހުކޮށްފިއެވެ.

މި ކެމްޕަސް އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި އައްޑޫ މޭޔަރު ޢަލީ ނިޒާރުގެ އިތުރުން ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަޙްމަދު އަންވަރެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ ސްކޫލްތަކުގެ އިސްވެރިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަތެވެ.

25 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫސިޓީ ހިތަދޫގައި ގާއިމުކޮށްފައިވާ މި ކެމްޕަހަކީ މަތީ ތަޢުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާއިއެކު ގާއިމުކޮށްފައިވާ ކެމްޕަހެކެވެ.

މި ކެމްޕަހުގައި، ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުން ބުނީ އަމިއްލަ ރަށާއި އަތޮޅުގައި ތިބެގެން މިފަދަ މަތީ ތަޢުލީމު ފޯރުކޮށްދޭ ކެމްޕަސްތަކުން ކިޔެވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ކެމްޕަހުގެ އިތުރުން އައްޑޫގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހަކާއި މައި ކޮލެޖްގެ ކެމްޕަހެއް ވެސް ހިންގަމުންދާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް