ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މައްސަލަ ސިވިލް ކޯޓުން އަލުން ބެލުމަށް ފަހު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އިސްލާމިކް ބޭންކަށް ދައްކަން އާޒިމާގެ މައްޗަށް ހުކުމްކޮށްފި އެވެ.

އާޒިމާގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ހުކުމްކުރީ އެމްއައިބީއަށް ދައްކަންޖެހޭ 4،030،856 ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ ހަ މަސް ތެރޭ ދެއްކުމަށެވެ.

އެހެން ނަމަވެސް އާޒިމާ އޭރު ވިދާޅުވީ އެކަމަނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި އެފަދަ މަދަނީ ހުކުމެއް ކޮށްފައިވާކަން އެނގިވަޑައިގެންނެވީ މީޑިއާގެ ޒަރީޔާއިން ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

އެހެންވެ އެ މައްސަލަ ހައިކޯޓަށް ވެސް އާޒިމާ ހުށަހެޅުއްވި އެވެ. ނަަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިނުގަތުމުން ފަހުން އެ މައްސަލަ އަލުން އަނެއްކާވެސް ސިވިލް ކޯޓަށް ހުށަހެޅުއްވީ އެވެ.

ނަމަވެސް ސިވިލް ކޯޓުން މި ފަހަރުވެސް ނިންމީ ކުރީގެ ނިންމުމާއެއްގޮތަށް އެ ފައިސާ އެމްއައިބީއަށް ދައްކަން ޖެހޭނެ ކަމަށެވެ.

އެގޮތުން ޑިސެމްބަރު މަހުގެ 15 އާ ހަމައަށް ޖުމްލަ 4.5 މިލިއަން ރުފިޔާ ތިން މަސް ތެރޭ ދައްކަން އެ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް